އަސާސީ ޕެންޝަނުގެ ފޯމު ހުށަހެޅުމަށް ދެވުނު ލުއިތަކަށް ބަދަލުގެނައުމާ ގުޅޭ

15 މާރިޗު 2022

އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014/R-22) އަށް ގެނެވުނު 3 ވަނަ އިސްލާހުގެ ދަށުން، ޕެންޝަން ލިބޭ އުމުރު ހަމަވުމަށްފަހު ފޯމު ހުށަނާޅައި ފާއިތުވާ މަސްތަކަށް ޕެންޝަން ލިބުމަށް ހަމަވާންޖެހޭ ޝަރުތުތަކާއި އެމާއްދާގައި ބުނެފައިވާ ފަދައިން އިއުލާން ކުރެވޭ މުއްދަތުތައް ތިރީގައި މިދަންނަވަނީއެވެ. 

މަތީގައި ދެންނެވިފައިވާ ގަވާއިދުގެ 14 ވަނަ މާއްދާގެ (ރ)ގެ ދަށުން، 12 މާރިޗު 2020 އިން ފެށިގެން 12 އެޕްރީލް 2022 އާއި ދެމެދުގެ ތާރީޚެއްގައި އުމުރުން 65 އަހަރު ފުރޭ މީހުންގެ ތެރެއިން އަސާސީ ޕެންޝަންގެ ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކުން 12 ޖޫން 2022 ގެ ކުރިން ޕެންޝަނަށް އެދި ފޯމު ހުށަހެޅުމުން 65 އަހަރު ފުރުމަށްފަހު ޕެންޝަން ނުލިބި ފާއިތުވެފައިވާ މަސްތަކުގެ ޕެންޝަން ފައިސާ ޖަމާކޮށްދެވޭނެއެވެ. 

މިތާރީޚުގެ ފަހުން ފޯމު ހުށަހަޅާ ފަރާތްތަކަށް ފައިސާ ޖަމާކޮށްދެވޭނީ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ދިނުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ފޯމު ހުށަހަޅާ މަހުން ފެށިގެންނެވެ.

އެންމެ ފަހުގެ މަޢުލޫމާތު