ވަޒީފާގެ ފުރުޞަތު: މެނޭޖަރ، އިންޓަރނަލް އޮޑިޓް

17 އޮކްޓޯބަރު 2022

 މަޤާމް: މެނޭޖަރ، އިންޓަރނަލް އޮޑިޓް

ޑިޕާޓްމަންޓް: އިންޓަރނަލް އޮޑިޓް

ބޭނުންވާ ޢަދަދު: 01

ވަޒީފާގެ ބާވަތް: ދާއިމީ (ވަޒީފާއަށް ފުރަތަމަ ހަމަޖެއްސޭނީ 01 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި 3 މަސް ދުވަހުގެ ޕްރޮބޭޝަނާއެކު، 1 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރު ބަަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.) 

ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)

ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)


ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާ:

 1. އޮޑިޓިންގ، އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ބެޗެލަރސް ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7) ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފެޝަނަލް ސެޓްފިކެޓްއެއް ޙާޞިލްކޮށްފައިވުން. އަދި،
 2. ބެޗެލަރސް ޑިގްރީ ނުވަތަ އެއާ އެއް ފެންވަރެއްގެ ޕްރޮފެޝަނަލް ސެޓްފިކޭޝަނެއް ޙާޞިލުކުރުމަށްފަހު، އޮޑިޓިންގ ނުވަތަ އެކައުންޓިންގގެ ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި މި 4 އަހަރު ތެރެއިން 1 އަހަރު މެނޭޖިރިއަލް ލެވެލްގައި މަސައްކަތް ކޮށްފައިވުން. 


މުސާރަ އާއި އިނާޔަތްތައް:

 • އަސާސީ މުސާރަ އަދި ޢިނާޔަތްތައް ހިމެނޭ ގޮތަށް ޖުމްލަ 30,000.00ރ


މަޤާމުގެ މަސްއޫލިއްޔަތުތައް:

މިމަޤާމުގެ މަސްއޫލިއްޔަތުތަކުގެ މަޢުލޫމާތު މިއިއުލާނާއެކު އެވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައިވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.


މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން ޕެންޝަން ޕޯޓަލް (https://portal.pension.gov.mv/members/job-application) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާއިރު ތިރީގައިވާ މިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 • މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ)
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 
 • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ) ސާފު ކޮޕީ 
 • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  
 • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ
 • ޕޮލިސް ރިޕޯޓް (04 މަސް ނުވާ)


ނޯޓް:

 • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު ޕެންޝަން އޮފީހަށް ލިބިގެން ވެއެވެ.
 • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.


ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

މި މަޤާމަށް ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއާއި އިންޓަވިއު އަދި އިމްތިހާނަށް ބިނާކޮށް އެންމެ މަތިން މާކްސްލިބޭ ފަރާތެވެ.


އިންޓަރވިއު އާއި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާނު ބޭއްވޭނީ 30 އޮކްޓޫބަރު 2022 އާއި 07 ނޮވެންބަރު 2022 އާއި ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ. 


ސުންގަޑި: 

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އޮކްޓޫބަރު 2022 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް (https://portal.pension.gov.mv/members/job-application) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ހުށަހެޅުމާގުޅޭ ގޮތުން މައުލޫމާތު ސާފުކުރެއްވުމަށް 1441 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އެލައިޑް ބިލްޑިންގ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން: 1441 


އިތުރު ލިއުންތައް:

ޓަރމްސް އޮފް ރިފަރެންސް - މެނޭޖަރ، އިންޓަރނަލް އޮޑިޓް