ވަޒީފާގެ ފުރުޞަތު: އެސިސްޓެންޓް ކްލަޔަންޓް ސަރވިސަސް އެސޯސިއޭޓް

18 އޮކްޓޯބަރު 2022

ޓަރމްސް އޮފް ރެފަރެންސް


މަޤާމް: އެސިސްޓެންޓް ކްލަޔަންޓް ސަރވިސަސް އެސޯސިއޭޓް

ޑިޕާޓްމަންޓް: މެމްބަރ ސަރވިސަސް

ބޭނުންވާ ޢަދަދު:01

ވަޒީފާގެ ބާވަތް:ދާއިމީ  (ވަޒީފާއަށް ފުރަތަމަ ހަމަޖެއްސޭނީ 01  އަހަރުގެ މުއްދަތަށެވެ. އަދި 3 މަސް ދުވަހުގެ ޕްރޮބޭޝަން ހިމެނޭ ގޮތަށް 1 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރު ބަަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.) 

ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)

ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)


ތަޢުލީމީ ފެންވަރު:

  • ޖީ.ސީ.އީ އޭލެވެލް އިމްތިޙާނު ފުރިހަމަކޮށްފައިވުން ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.


މަޤާމުގެ މަސްއޫލިއްޔަތުތައް:

މިމަޤާމުގެ މަސްއޫލިއްޔަތުތަކުގެ މަޢުލޫމާތު މިއިޢުލާނާއެކު އެވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައިވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް  www.pension.gov.mv ގައި އިޢުލާނާއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން ޕެންޝަން ޕޯޓަލް (https://portal.pension.gov.mv/members/job-application) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާއިރު ތިރީގައިވާ މިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  • މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 
  • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ) ސާފު ކޮޕީ 
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ
  • ޕޮލިސް ރިޕޯޓް (04 މަސް ނުވާ)


ނޯޓް:

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު ޕެންޝަން އޮފީހަށް ލިބިގެން ވެއެވެ.
  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.


އިންޓަރވިއު އާއި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާނު ބޭއްވޭނީ 31 އޮކްޓޫބަރު 2022 އާއި 13 ނޮވެންބަރު 2022 އާއި ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ. 


ސުންގަޑި: 

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އޮކްޓޫބަރު 2022 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް (https://portal.pension.gov.mv/members/job-application) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ހުށަހެޅުމާގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރުމަށް 1441 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އެލައިޑް ބިލްޑިންގ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން:  1441