ވަޒީފާގެ ފުރުޞަތު: މެނޭޖަރ، އެންޓަރޕްރައިސް ރިސްކް

23 ނޮވެމްބަރު 2022

ނަންބަރު:

ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު)

ވަޒީފާގެ ފުރުޞަތު

މަޤާމް: މެނޭޖަރ، އެންޓަރޕްރައިސް ރިސްކް

ޑިޕާޓްމަންޓް: އެންޓަރޕްރައިސް ރިސްކް އެންޑް ކޮމްޕްލަޔަންސް

ބޭނުންވާ ޢަދަދު: 1

ވަޒީފާގެ ބާވަތް: ވަޒީފާއަށް ފުރަތަމަ ހަމަޖެއްސޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެއް އަހަރު ހަމަވުމުން، މަސައްކަތުގެ ފެންވަރު ބަަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވޭނެއެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)

ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)

މަޤާމުގެ ޝަރުޠުތައް:

1. ރިސްކް މެނޭޖްމަންޓް، އެކައުންޓިންގ، ފައިނޭންސް، އިކޮނޮމިކްސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން ބެޗެލަރސް ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7) ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފެޝަނަލް ސެޓްފިކެޓްއެއް ޙާޞިލްކޮށްފައިވުން. އަދި،

2. ބެޗެލަރސް ޑިގްރީ ނުވަތަ އެއާ އެއް ފެންވަރެއްގެ ޕްރޮފެޝަނަލް ސެޓްފިކޭޝަނެއް ޙާޞިލުކުރުމަށްފަހު، ވަޒީފާއާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި މި 4 އަހަރުގެ ތެރެއިން 1 އަހަރު މެނޭޖިރިއަލް ލެވެލްގައި މަސައްކަތް ކޮށްފައިވުން.

ވަޒީފާއާ ގުޅުންހުރި ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް ބޮޑަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތައް:

މި މަޤާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ.

މުސާރަ އާއި ޢިނާޔަތްތައް:

އަސާސީ މުސާރައާއި ޢިނާޔަތްތައް ހިމެނޭގޮތަށް ޖުމްލަ 30,000.00ރ

އެޕްލިކޭޝަން ހުށަހަޅާނެ ގޮތް:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް  މެދުވެރިކޮށެވެ.

ޕެންޝަން ޕޯޓަލްގެ ލިންކު:jobs.pension.gov.mv

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 
  • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ  (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ) 
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުންތައް
  • ޕޮލިސް ރިޕޯޓް (04 މަސް ނުވާ)

އިންޓަރވިއު އަދި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާނު ބޭއްވޭނީ 01 ޑިސެންބަރު 2022 އާއި 14 ޑިސެންބަރު 2022 އާއި ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ. 

ނޯޓް:

  • އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

ސުންގަޑި: 

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ނޮވެންބަރު 2022 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. 


21 ނޮވެންބަރު 2022