ވަޒީފާގެ ފުރުޞަތު: މެނޭޖަރ، ޖެނެރަލް ސަރވިސަސް

6 ޑިސެމްބަރު 2022

ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު)

މަޤާމް: މެނޭޖަރ، ޖެނެރަލް ސަރވިސަސް

ޑިޕާޓްމަންޓް: ޖެނެރަލް ސަރވިސަސް

ބޭނުންވާ ޢަދަދު: 1

ވަޒީފާގެ ބާވަތް: ވަޒީފާއަށް ފުރަތަމަ ހަމަޖެއްސޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެއް އަހަރު ހަމަވުމުން، މަސައްކަތުގެ ފެންވަރު ބަަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވޭނެއެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް، މާލެ

ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)

މަޤާމުގެ އަސާސީ ޝަރުޠުތައް: 

  1. މަޤާމުގެ މަސައްކަތާގުޅޭ ރޮނގަކުން ބެޗެލަރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފެޝަނަލް ސަނަދެއް ހާޞިލްކޮށްފައިވުން.
  2. ބެޗެލަރސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކުރުމަށްފަހު، އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮކިއުމެންޓްގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން. އަދި މި 4 އަހަރުގެ ތެރެއިން 2 އަހަރު މެނޭޖިރިއަލް ލެވެލްގައި މަސައްކަތް ކޮށްފައިވުން.

 ނުވަތަ

  1. މަޤާމުގެ މަސައްކަތާގުޅޭ ރޮނގަކުން މާސްޓަރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފެޝަނަލް ސަނަދެއް ހާޞިލްކޮށްފައިވުން.
  2. މާސްޓަރސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކުރުމަށްފަހު، އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮކިއުމެންޓްގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން. އަދި މި 2 އަހަރުގެ ތެރެއިން 1 އަހަރު މެނޭޖިރިއަލް ލެވެލްގައި މަސައްކަތް ކޮށްފައިވުން.

މުސާރަ އާއި ޢިނާޔަތްތައް:

އަސާސީ މުސާރައާއި ޢިނާޔަތްތައް ހިމެނޭގޮތަށް ޖުމްލަ 30,000.00ރ

މަޤާމުގެ މަސްއޫލިއްޔަތުތައް:

މި މަޤާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ.

އެޕްލިކޭޝަން ހުށަހަޅާނެ ގޮތް:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް  މެދުވެރިކޮށެވެ.

ޕެންޝަން ޕޯޓަލްގެ ލިންކު: jobs.pension.gov.mv

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 
  • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ  (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ) 
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުންތައް

އިންޓަރވިއު އަދި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާނު ބޭއްވޭނީ 21 ޑިސެންބަރު 2022 އާއި  5 ޖަނަވަރީ 2023 އާއި ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ. 

ނޯޓް:

  • އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

ސުންގަޑި: 

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. 

6 ޑިސެންބަރު 2022