ވަޒީފާގެ ފުރުޞަތު: ޕްރޮގްރާމްސް އެސޯސިއޭޓް / ޕްރޮގްރާމްސް އޮފިސަރ

26 ޑިސެމްބަރު 2022

ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު)

މަޤާމް: ޕްރޮގްރާމްސް އެސޯސިއޭޓް / ޕްރޮގްރާމްސް އޮފިސަރ

ޑިޕާޓްމަންޓް: ޕޮލިސީ އެންޑް ޕްރޮގްރާމްސް

ބޭނުންވާ ޢަދަދު: 01

ވަޒީފާގެ ބާވަތް:  

ވަޒީފާއަށް ފުރަތަމަ ހަމަޖެއްސޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެއް އަހަރު ހަމަވުމުން، މަސައްކަތުގެ ފެންވަރު ބަަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވޭނެއެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)

ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)

ނޯޓު: ޕްރޮގްރާމްސް އެސޯސިއޭޓްގެ މަޤާމަށް ޝަރުޠުހަމަވާ ފަރާތެއް ކުރިމަތިލާފައި ނުވާނަމަ ނުވަތަ އިންޓަވިއު މަރުޙަލާގެ ތެރެއިން މަޤާމަށް އެކަށީގެންވާ ފަރާތެއް ނެތްކަމަށް އިންޓަވިއު ޕެނަލްއަށް ފެންނަ ޙާލަތުގައި، ޕްރޮގްރާމްސް އެސޯސިއޭޓްގެ މަޤާމަށް މީހަކު ޢައްޔަންކުރުމުގެ ބަދަލުގައި، އިންޓަވިއު މަރުޙަލާގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ހޯދާ ފަރާތަކަށް ޕްރޮގްރާމްސް އޮފިސަރގެ މަޤާމު ހުށަހެޅުމުގެ އިޚްތިޔާރު ޕެންޝަން އޮފީހަށް ލިބިގެން ވެއެވެ.

ޕްރޮގްރާމްސް އެސޯސިއޭޓް އަދި ޕްރޮގްރާމްސް އޮފިސަރ މަޤާމަށް ކަނޑައަޅާފައިވާ އަސާސީ ޝަރުޠުތަކާއި، މުސާރައާއި ޢިނާޔަތްތަކުގެ ތަފްޞީލު ތިރީގައި ބަޔާންކޮށްފައި ވާނެއެވެ.

ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ:

ޕްރޮގްރާމްސް އެސޯސިއޭޓް:

  • ޕޮލިސީ ސްޓަޑީޒް، ޕަބްލިކް ޕޮލިސީ، ސޯޝަލް ޕޮލިސީ، ސޯޝިއޯލޮޖީ، ޑިމޮގްރަފީ ނުވަތަ އިކޮނޮމިކްސްގެ ރޮނގުން ބެޗެލަރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ރޮނގުން ބެޗެލަރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

ނޯޓު: ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ދިވެހި އަދި އިނގިރޭސި ބަހުން ރިޕޯޓު ލިޔެތައްޔާރުކުރުމާއި، ރިސަރޗް ހެދުމާއި، ވަރކްޕްލޭން ތައްޔާރުކުރުންފަދަ މަސައްކަތް ކުރުމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޕްރޮގްރާމްސް އޮފިސަރ: 

  • ޕޮލިސީ ސްޓަޑީޒް، ޕަބްލިކް ޕޮލިސީ، ސޯޝަލް ޕޮލިސީ، ސޯޝިއޯލޮޖީ، ޑިމޮގްރަފީ ނުވަތަ އިކޮނޮމިކްސްގެ ރޮނގުން ބެޗެލަރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލުކޮށްފައިވުން.

ނުވަތަ،

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ރޮނގުން ބެޗެލަރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  

މަޤާމުގެ މަސްއޫލިއްޔަތުތައް:

މި  މަޤާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ.

މުސާރަ އާއި އިނާޔަތްތައް:

ޕްރޮގްރާމްސް އެސޯސިއޭޓް: އަސާސީ މުސާރަ އަދި ޢިނާޔަތްތައް ހިމެނޭ ގޮތަށް ޖުމްލަ 23,500.00 ރ

ޕްރޮގްރާމްސް އޮފިސަރ: އަސާސީ މުސާރަ އަދި ޢިނާޔަތްތައް ހިމެނޭ ގޮތަށް ޖުމްލަ 18,500.00 ރ    

އެޕްލިކޭޝަން ހުށަހަޅާނެ ގޮތް:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށެވެ.

ޕެންޝަން ޕޯޓަލްގެ ލިންކު: jobs.pension.gov.mv 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 
  • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ  (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ) 
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުންތައް
  • ޕޮލިސް ރިޕޯޓް (04 މަސް ނުވާ) 

އިންޓަރވިއު އަދި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާނު ބޭއްވޭނީ 10 ޖަނަވަރީ  2023 އާއި 26 ޖަނަވަރީ 2023 އާއި ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ. 

ނޯޓް:

  • އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 8 ޖަނަވަރީ 2023 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.