އެމް.އާރް.ޕީ.އެސް ސްޓޭކްހޯލްޑާސް ފޯރަމްގެ ނަމުގައި ޕެންޝަން އޮފީހުން ފޯރަމެއް ބާއްވައިފި

24 ޖެނުއަރީ 2023

ޕެންޝަން އޮފީހުން އިންތިޒާމް ކޮށްގެން އެމް.އާރް.ޕީ.އެސް ސްޓޭކްހޯލްޑާސް ފޯރަމުގެ ނަމުގައި މިއަދު (24 ޖަނަވަރީ 2023) ފޯރަމެއް ބާއްވައިފިއެވެ.

މިފޯރަމްގެ މައިގަނޑު މަގުސަދަކީ ޕެންޝަން އޮފީހުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ސްޓޭކްހޯލްޑަރުންނާއެކު މައުލޫމާތު ބަދަލުކޮށް މަޝްވަރާކުރުމެވެ.

.ސިވިލް ސާރވިސްއަށް ހާއްސަކޮށްގެން ކުރިޔަށް ގެންދިޔަ މިފޯރަމްގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާއި ސިވިލް ސަރވިސްގެ ބައެއް އިސެވެރިން ބައިވެރިވެވަޑައިގެންނެވިއެވެ