ވަޒީފާގެ ފުރުޞަތު: ޕަބްލިކް ރިލޭޝަންސް އެސޯސިއޭޓް / ޕަބްލިކް ރިލޭޝަންސް އޮފިސަރ

7 މޭ 2023

ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު)

ވަޒީފާގެ ފުރުޞަތު

މަޤާމް: ޕަބްލިކް ރިލޭޝަންސް އެސޯސިއޭޓް / ޕަބްލިކް ރިލޭޝަންސް އޮފިސަރ

ޑިޕާޓްމަންޓް: ޕަބްލިކް ރިލޭޝަންސް

ބޭނުންވާ ޢަދަދު: 01

ވަޒީފާގެ ބާވަތް: ވަޒީފާއަށް ފުރަތަމަ ހަމަޖެއްސޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެއް އަހަރު ހަމަވުމުން، މަސައްކަތުގެ ފެންވަރު ބަަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވޭނެއެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)

ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)


ނޯޓް: ޕަބްލިކް ރިލޭޝަންސް އެސޯސިއޭޓްގެ މަޤާމަށް ޝަރުޠުހަމަވާ ފަރާތެއް ކުރިމަތިލާފައި ނުވާނަމަ ނުވަތަ އިންޓަވިއު މަރުޙަލާގެ ތެރެއިން މަޤާމަށް އެކަށީގެންވާ ފަރާތެއް ނެތްކަމަށް އިންޓަވިއު ޕެނަލްއަށް ފެންނަ ޙާލަތުގައި، ޕަބްލިކް ރިލޭޝަންސް އެސޯސިއޭޓްގެ މަޤާމަށް މީހަކު ޢައްޔަންކުރުމުގެ ބަދަލުގައި، އިންޓަވިއު މަރުޙަލާގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ހޯދާ ފަރާތަކަށް ޕަބްލިކް ރިލޭޝަންސް އޮފިސަރގެ މަޤާމު ހުށަހެޅުމުގެ އިޚްތިޔާރު ޕެންޝަން އޮފީހަށް ލިބިގެން ވެއެވެ.

ޕަބްލިކް ރިލޭޝަންސް އެސޯސިއޭޓް އަދި ޕަބްލިކް ރިލޭޝަންސް އޮފިސަރ މަޤާމަށް ކަނޑައަޅާފައިވާ އަސާސީ ޝަރުޠުތަކާއި، މުސާރައާއި ޢިނާޔަތްތަކުގެ ތަފްޞީލު ތިރީގައި ބަޔާންކޮށްފައި ވާނެއެވެ.


ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ

ޕަބްލިކް ރިލޭޝަންސް އެސޯސިއޭޓް

 • ޕަބްލިކް ރިލޭޝަންސް، މާސް ކޮމިއުނިކޭޝަން، މާރކެޓިންގ ނުވަތަ މަސައްކަތާ ގުޅޭ ރޮނގަކުން ބެޗެެލަރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުން.

ނުވަތަ

 • ޕަބްލިކް ރިލޭޝަންސް، މާސް ކޮމިއުނިކޭޝަން، މާރކެޓިންގ ނުވަތަ މަސައްކަތާ ގުޅޭ ރޮނގަކުން ޑިޕްލޮމާ ނުވަތަ އެޑްވާންސްޑް ޑިޕްލޮމާ ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކުރުމަށްފަހު، މަސައްކަތާ ގުޅޭދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

ޕަބްލިކް ރިލޭޝަންސް އޮފިސަރ

 • ޖީ.ސީ.އީ އޭލެވެލް އިމްތިޙާނު ފުރިހަމަކޮށްފައިވުން ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. އަދި، 
 • ޕަބްލިކް ރިލޭޝަންސް، މާސް ކޮމިއުނިކޭޝަން، މާރކެޓިންގ ނުވަތަ މަސައްކަތާ ގުޅޭދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މުސާރަ އާއި ޢިނާޔަތްތައް:

ޕަބްލިކް ރިލޭޝަންސް އެސޯސިއޭޓް : އަސާސީ މުސާރަ އަދި ޢިނާޔަތްތައް ހިމެނޭ ގޮތަށް ޖުމްލަ 18,000.00ރ - 23،000.00ރ

ޕަބްލިކް ރިލޭޝަންސް އޮފިސަރ : އަސާސީ މުސާރަ އަދި ޢިނާޔަތްތައް ހިމެނޭ ގޮތަށް ޖުމްލަ  15,500.00ރ - 17،000.00ރ


މަޤާމުގެ މަސްއޫލިއްޔަތުތައް:

މި މަޤާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ.


އެޕްލިކޭޝަން ހުށަހަޅާނެ ގޮތް:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް  މެދުވެރިކޮށެވެ.

ޕެންޝަން ޕޯޓަލްގެ ލިންކު: jobs.pension.gov.m


އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ .
 • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުންތައް. 
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
 • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ  (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ).
 • ޕޮލިސް ރިޕޯޓު.


އިންޓަރވިއު އަދި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާނު ބޭއްވޭނީ 16 މޭ 2023 އާއި 31 މޭ 2023  އާއި ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ. 


ނޯޓް:

 • އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
 • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.


ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 މޭ 2023 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.