ފައިނޭންސް ފޯރަމްގެ ސްޕޮންސަރުންނާއި ކީނޯޓް ސްޕީކަރުން އިޢުލާންކޮށްފި

25 މޭ 2023

މިއަހަރުގެ ފައިނޭންސް ފޯރަމްގެ ސްޕޮންސަރުންނާއި ކީނޯޓް ސްޕީކަރުން ޕެންޝަން އޮފީހުން އިޢުލާންކޮށްފިއެވެ. 


ފޯރަމްގެ ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވާ ފަރާތްތަކަކީ : 

  • މެއިން ސްޕޮންސަރ، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ)
  • ބޭންކިންގ ޕާރޓްނަރ، ބޭންކް އޮފް މޯލްޑިވްސް
  • ޑިޖިޓަލް ޕާރޓްނަރ، ދިރާގު
  •  ކޯ-ސްޕޮންސަރ، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)
  • އެސޯސިއޭޓް ސްޕޮންސަރުން : ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) ، ބޭންކް އޮފް ސިލޯން، ސޮލެރެލް އިންޝުއަރެންސް، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީ.ބީ.އެމް) އަދި މޮރިޝަސް ކޮމާޝަލް ބޭންކް


ފައިނޭންސް ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާގެ އިސްފަރާތްތަކަށް އަމާޒުކޮށްގެން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޕެންޝަން އޮފީހުން ކުރިޔަށް ގެންދާ ފޯރަމެކެވެ. 


މިއަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 29 މޭ 2023 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައެވެ. ދަ ފިއުޗަރ އޮފް ފައިނޭންސް އެކްސްޕްލޯރިންގ ދަ އިންޓަސެކްޝަން އޮފް ފައިނޭންޝަލް ޓެކްނޮލޮޖީސް އެންޑް އާރޓިފިޝަލް އިންޓެލިޖެންސް މިތީމުގެ ދަށުން މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އަދި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަރީފުގެ އިތުރުން ރާއްޖޭގެ ބައެއް ބޭންކްތަކުގެ ސީއީއޯ އިންނާއި ، ރާއްޖެއިން ބޭރުގެ ދެ މާހިރަކާއި، ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުންވެސް ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.


ފޮޓޯ ގެލެރީ: ސްޕޮންސަރުންނާ އެކު ސޮއިކުރުން