ޕެންޝަން އޮފީހަށް ޓީވީއެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

28 މޭ 2023

ނަންބަރު: ‎216-MPAO-GS/IUL/2023/20

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

ޕެންޝަން އޮފީހަށް ޓީވީއެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

މިއޮފީހަށް ޓީވީއެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. 

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިން އީ.އޯ.އައި. ހުށަހަޅާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ.


އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުން:

ތާރީޚް: 31 މޭ 2023 ވާ ބުދަ ދުވަހުގެ މެންދުރު 02:00 ގެ ކުރިން.

ހުށަހަޅާނެ ގޮތް:  މި ލިންކުގައިވާ ގޫގުލް ފޯމް (https://forms.gle/x6gKuw5AaJAb21BWA ) މެދުވެރިކޮށް.


މަޢުލޫމާތު ކަރުދާސް:

ކަނޑައަޅާފައިވާ ސުންގަޑީީގެ ކުރިން އީ.އޯ.އައި ހުށަހަޅާ ފަރާތްތަކަށް އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް 31 މޭ 2023 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޙިއްޞާކުރެވޭނެއެވެ. 


އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚް: 06 ޖޫން 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި.

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާނދަނީ މަގު، މާލެ).

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.