ޕެންޝަން އޮފީހުގެ 10 ވަނަ ފައިނޭންސް ފޯރަމް ނިންމާލައިފި

30 މޭ 2023

ޕެންޝަން އޮފީހުގެ 10 ވަނަ ފައިނޭންސް ފޯރަމް ނިންމާލައިފިއެވެ. މި ފޯރަމަކީ މާލީ ދާއިރާގެ އިސްފަރާތްތަކަށް އަމާޒުކޮށްގެން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޕެންޝަން އޮފީހުން ކުރިޔަށް ގެންދާ ފޯރަމެކެވެ. 

މިއަހަރުގެ ފޯރަމް ބާއަވާފައިވަނީ 29 މޭ 2023 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައެވެ. 'ދަ ފިއުޗަރ އޮފް ފައިނޭންސް އެކްސްޕްލޯރިންގ ދަ އިންޓަސެކްޝަން އޮފް ފައިނޭންޝަލް ޓެކްނޮލޮޖީސް އެންޑް އާރޓިފިޝަލް އިންޓެލިޖެންސް' މިތީމުގެ ދަށުން މަޝްވަރާތައް ކުރިޔަށްގެންދިޔަ މި ފޯރަމްޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އެވެ. މީގެ އިތުރުން މިފޯރަމްގައި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަރީފްއާއި ބޭންކްތަކުގެ ސީއީއޯ އިންނާއި ، ރާއްޖެއިން ބޭރުގެ ދެ މާހިރަކާއި، ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުންވެސް ވާހަކަ ދެއްކެވިއެވެ.


މި އަހަރުގެ ފޯރަމްގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ. ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާރޓްނަރަކީ ދިރާގު އެވެ. ފޯރަމްގެ ކޯ ސްޕޮންސަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ. އެސޯސިއޭޓް ސްޕޮންސަރުންނަކީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)، ބޭންކް އޮފް ސިލޯން، ސޮލެރެލް އިންޝުއަރެންސް، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، އަދި މޮރިޝަސް ކޮމާޝަލް ބޭންކް އެވެ.


ފައިނޭންސް ފޯރަމް 2023 ގެ ރެކޯޑިންގ