ޕެންޝަން އޮފީހުގެ ފައިނޭންޝަަލް ލިޓްރަސީ ޕްރޮގްރާމް ޑޯނަޓްސް އެންޑް ފައިނޭންސް އިފްތިތާހުކޮށްފި.

28 އޯގަސްޓު 2023

މާލީގޮތުން ބާރުވެރި އަދި ހޭލުންތެރި ޒުވާން ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމެއް ތަޢާރަފުކޮށްފިއެވެ. ޑޯނަޓްސް އެންޑް ފައިނޭންސްގެ ނަމުގައި ތައާރަފުކުރެވުނު މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ މާލީ ކަންކަމުގައި ރަނގަޅުން ނިންމުންތައް ނިންމުމަށް ބޭނުންވާ މައުލޫމާތާއި އިލްމު އަދި ވަސީލަތްތައް ދަރިވަރުންނާއި ޒުވާނުންނަށް ފޯރުކޮށްދީ އިޤްތިދާސީ ގޮތުން ފުދުންތެރި މުސްތަޤްބަލަކަށް މަގުފަހިކޮށްދޭނެ ހަރުދަނާ ބިންގަލެއް އަޅައިދިނުމެވެ. 

މިޕްރޮގްރާމަކީ ތަފާތު ހަރަކާތްތަކާއި ، ކުޅިވަރު އަދި މަޝްވަރާތަކުގެ ތެރެއިން އަސާސީ މާލީ މައުލޫމާތުތައްކަމަށްވާ އާމްދަނީ ހޯދުމާއި ، ފަހަށް ފައިސާ ރައްކާކުރުމާއި ، އިންވެސްޓް ކުރުމާއި ، ދަރަންޏަށް ހޭލުންތެރިވުމާއި ، ފައިސާ ގެންގުޅުމުގައި ރައްކާތެރިކަން ކަށަވަރު ކުރުމާއި ، މުޖުތަމައުގެ ރައްކާތެރިކަމާއި ކުރިއެރުމަށް ހޭދަކުރުން ފަދަ މައުލޫމާތު ފޯރުކޮށްދެވޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. 

އުމުރުން 13 އަހަރާ 19 އަހަރާ ދެމެދުގެ 30 ބައިވެރިވެރިންނާއިއެކު އޮގަސްޓް 26 ވަނަ ދުވަހު މި ޕްރޮގްރާމުގެ ފުރަތަމަ ސެޝަން ވަނީ މީރުމާގައި ކުރިޔަށް ގެންގޮސްފައެވެ. މިސެޝަންގައި ފެސިލިޓޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ޕެންޝްން އޮފީހުގެ އިންވެސްޓްމަންޓް އަދި ފައިނޭންސް ދާއިރާގެ މުވައްޒަފުންނެވެ.