ހައުސިންގ ސްކީމް

ލީފްލެޓް ޑައުންލޯޑް ކުރުމަށް: www.pension.gov.mv/publication

ގެދޮރު ގަތުމަށް ޕެންޝަން ފައިސާ ރަހުނު ކުރުން

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ މެންބަރުން ގެދޮރުގަތުމަށް ބޭނުންވާ ލޯނު ހަމަޖެއްސުމަށް  އެފަރާތްތަކުގެ ރިޓަޔަރމަންޓް ސޭވިނގް އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާއިންބައެއް ކޮލެޓަރަލައިޒް ކުރުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

ހައުސިންގ ސްކީމްގައި ބަވެރިވުމަށް ހަމަވާންޖެހޭ ޝަރުތުތައް

  • އެމްއާރްޕީއެސް މެންބަރެއްކަމުގައިވުމައި، ޕެންޝަން އޮފީހުން ކަނޑައަޅާ އުސޫލެއްގެ ދަށުން އެ މެންބަރެއްގެ އާރްއެސްއޭގައި ފައިސާހުރި ފަރާތެއްކަމުގައިވުން
  • އެމްއާރުޕީއެސް އިން، ރިޓަޔަރމަންޓް ބެނެފިޓް ލިބެމުންދާ ފަރާތެއްކަމުގައި ނުވުން.
  • މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ލައިސަންސް ދީފައިވާ ގެދޮރުގެ ތަރައްގީއަށް ފައިނޭންސްކުރާ މުއައްސަސާއަކުން، ލޯނު ހަމަޖެހިފައިވާ ފަރާތެއް ކަމުގައި އެފަދަ މުއައްސަސާއަކުން ޕެންޝަން އޮފީހަށް އަންގާފައިވާ ފަރާތެއް ކަމުގައިވުން.
  • ގެދޮރު ގަތުމަށްޓަކައި ނަގާ ލޯނުގެ ޑައުންޕޭމަންޓްގެ ގޮތުގައި، އާރްއެސްއޭގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކުރުމުގެ އިއުތިރާޒެއް ނެތް ކަމަށް އިޤުރާރުވާ މެންބަރަކު ކަމުގައިވުން.
  • ދިވެހިރައްޔިތަކު ކަމުގައިވުމާއެކު އުމުރުން މީލާދީ ގޮތުން 60 އަހަރުވެފައިވާ މެންބަރަކު ކަމުގައި ނުވުން. 
  • އުމުރުން 65 އަހަރުވުމުެ ކުރިން ލޯނު ދައްކައި ހަލާސް ކުރެވޭނެ ފަރާތެއް ކަމުގައިވުން 
  • މި ސްކީމްގެ ދަށުން ހުއްދަ ކުރެވޭ ލޯނަކީ މިސްކީމް ހިންގުމަށްޓަކައި ޕެންޝަން އޮފީހާއެކު އެއްބަސްވުން ހަދައި، ޑައުންޕޭމަންޓްގެ ގޮތުގައި ކޮލެޓަރަލައިޒް ކުރުމަށް ޝަރުތު ހަމަވާ މުއާމަލާތަކަށް ދޫކުރާ ލޯނަކަށް ވާން ވާނެއެވެ. 

ކޮލެޓަރަލައިޒް ކުރެވޭ އިންސައްތަ

މި ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ޕެންޝަން އޮފީހާއެކު އެއްބަސްވުން ގާއިމުކޮށްފައިވާ މާލީ މުއައްސަސާތައް

  • ބޭންކް އޮފް މޯލްޑިވްސް 
  • މޯލްޑިވްސް އިސްލާމިކް ބޭންކް
  • ހައުސިންގ ޑިވެލޮޕްމަންޓަން ފައިނޭންސް ކޯޕަރޭޝަން 
  • މޮރިޝަޝް ކޮމާޝަލް ބޭންކް
  • ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް