Media cover image

19-01-2026
216-MPAO-EB/IUL/2026/1

ސިފައިންގެ ރިޓަޔަރމަންޓް ގަވާއިދާއި، ފުލުހުންގެ ރިޓަޔަރމަންޓް ގަވާއިދު އަދި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް ޑިސެންބަރު 2025 ގައި ގެެނެސްފައިވާ އިޞްލާޙުތަކުގެ ދަށުން ރިޓަޔަރމަންޓް ޢިނާޔަތް ލިބޭ ގޮތަށް ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރ ކޮށްފައިވާ ފަރާތެއް، އަލުން ދައުލަތުގެ މަގާމަކަށް އިންތިޚާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ ވަޒީފާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރަން ފަށާފައިވާނަމަ، އެ ވަޒީފާގައި ދެމި ހުންނަ މުއްދަތުގައި މަހުން މަހަށް ދެވޭ ރިޓަޔަރމަންޓް އިނާޔަތް މެދުކަނޑާލެވޭ ގޮތަށްވަނީ ކަނޑައަޅާފައެވެ.

އިސްވެ ދެންނެވި ގޮތަށް ރިޓަޔަރ ކުރެއްވުމަށްފަހު، ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރަން ފަށާފައިވާ ފަރާތްތަކަށް، ޖަނަވަރީ 2026 އިން ފެށިގެން މަހުން މަހަށް ދެވޭ ރިޓަޔަރމަންޓް އިނާޔަތް ދިނުން މެދުކަނޑާލެވޭނެއެވެ. އަދި މިފަދަ ފަރާތްތަކަށް އަލުން މަހުން މަހަށް ރިޓަޔަރމަންޓް އިނާޔަތް ދޭން ފަށާނީ، ފަހުން އަދާކުރި ވަޒީފާ ނުވަތަ މަގާމުން ވަކިވާ މަހާއި ޖެހިގެން އަންނަ މަހުން ފެށިގެންނެވެ.


ވީމާ، ރިޓަޔަރ ކުރެއްވުމަށްފަހު ދައުލަތުގެ އެހެން ވަޒީފާއެއް މިހާރު އަދާކުރައްވަމުން ގެންދަވާ ފަރާތްތަކުން ނުވަތަ އެފަދަ ވަޒީފާއަކުން 2026 ޖަނަވަރީ މަހުން ފެށިގެން ވަކިވާ ފަރާތްތަކުން، މިކަމަށް ޚާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް ނުވަތަ ލިޔުމުން މިއޮފީހަށް އެ މައުލޫމާތު ހިއްސާކުރުމަށް ދަންނަވަމެވެ. 


މައުލޫމާތު ހުށަހެޅުމަށް 

މައުލޫމާތު ހުށަހެޅުއްވުމަށްޓަކައި، ތިރީގައިވާ ލިންކުގައިވާ ގޫގުލް ފޯމު ފުރިހަމަކުރެއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިނގިރޭސި ފޯމު ލިންކު:  (https://forms.gle/KcPL5hjqXKmTD5Ax6

ދިވެހި ފޯމު ލިންކު: (https://forms.gle/dNotZkbagiucwszk7)