Media cover image

24-03-2025

އާއިލާތަކަށް ހާއްސަކޮށްގެން ޕެންޝަން އޮފީހުން ބާއްވާ ތްރީ ޖެނެރޭޝަން ވޯކް (3Gen Walk) 12 އެޕްރީލް 2025 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކުޑަކުދިންނާއި މައިންބައިފައިން އަދި މާމަކާފައިން ހިމެނޭހެން އާއިލާތަކުގެ ތިން ޖީލުގެ މީހުން އެކުގައި ބައިވެރިވެވޭ ގޮތަށް އިންތިޒާމުކުރާ މިއިވެންޓުގައި ހާއްސަ ހިނގާލުމަކާއި ސްޓޯލް ހަރަކާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މިއީ ދޮށީއުމުރުގެ މީހުންނަށް އާއިލާތަކާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައި ދިނުމުގެ އިތުރުން ޕެންޝަން އޮފީހުގެ މަސައްކަތްތަކާ ގުޅޭ އެކި ދާއިރާތަކުން މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިޔަށްގެންދާ ހަރަކާތެކެވެ.

މި ހިނގާލުމުގައި ބައިވެރިވުމަށް 3genwalk.pension.gov.mv މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ކުރެއްވޭނެއެވެ.