އާއިލާތަކަށް ހާއްސަކޮށްގެން ޕެންޝަން އޮފީހުން އިންތިޒާމްކުރި ތްރީ ޖެނެރޭޝަން ވޯކް (3GenWalk) 12 އެޕްރީލް 2025 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވައިފިއެވެ.
ކުޑަކުދިންނާއި މައިންބައިފައިން އަދި މާމަކާފައިން ހިމެނޭހެން އާއިލާތަކުގެ ތިން ޖީލުގެ މީހުން އެކުގައި ބައިވެރިވެވޭ ގޮތަށް އިންތިޒާމުކުރި މިއިވެންޓުގައި ހާއްސަ ހިނގާލުމަކާއި ސްޓޯލް ހަރަކާތްތަކުގެ އިތުރުން މުނި ފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވެއެވެ.
މި އިވެންޓަކީ ދޮށީއުމުރުގެ މީހުންނަށް އާއިލާތަކާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައި ދިނުމުގެ އިތުރުން ޕެންޝަން އޮފީހުގެ މަސައްކަތްތަކުގެ ތެރެއިން މާލީ ހޭލުންތެރިކަން އިތުރުކުރުުމަށް ކުރިޔަށް ގެންގޮސްފައިވާ ހަރަކާތެކެވެ.