Media cover image

17-09-2024

ޕެންޝަން އޮފީހުން އެސޯސިއޭޝަން އޮފް ޗާޓަރޑް ސެޓިފައިޑް އެކައުންޓަންޓްސް (އޭސީސީއޭ) ގެ ޓްރެއިނީ ޑިވެލޮޕްމަންޓް (ޕްލެޓިނަމް) އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އެޕްރޫވްޑް އެންޕްލޯޔަރ ސެޓިފިކޭޝަން ހާސިލު ކޮށްފިއެވެ.

އެސޯސިއޭޝަން އޮފް ޗާޓަރޑް ސެޓިފައިޑް އެކައުންޓަންޓްސް (އޭސީސީއޭ) އަކީ ޕްރޮފެޝަނަލް އެކައުންޓަންޓުންގެ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގައި ދުނިޔޭގެ އެކި ކޮންކޮޅުތަކުން 200،000 އަށްވުރެ ގިނަ މެމްބަރުން އަދި 500،000 އަށްވުރެ ގިނަ ދަރިވަރުން ހިމެނެއެވެ. އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަރ ސެޓިފިކޭޝަނަކީ ޓްރެއިނީ އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ދާއިރާއިން އެންމެ ރަނގަޅު އުސޫލުތަކުގައި ހިފަހައްޓައި، މާލީ ދާއިރާގައި ގާބިލް މަސައްކަތްތެރިން އުފެއްދުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ދެވޭ ސެޓިފިކޭޝަނެކެވެ.

އޮފީހުގެ އެޑްރެސް

އެލައިޑް ބިލްޑިންގ (8ވަނަ ފަންގިފިލާ), ޗާނދަނީ މަގު, މާލެ, 20156, ދިވެހިރާއްޖެ

ގުޅުއްވާ

ގުޅުއްވުމަށް1441އީމެއިލް[email protected]ރިސެޕްޝަން ޚިދުމަތްތައް : 08:00 - 14:00
އެހެނިހެން ޚިދުމަތްތައް: 08:00 - 16:00

ޕެންޝަން މޯބައިލް އެޕް

Download on App StoreGet it on Play Store