ޕެންޝަން އޮފީހާއި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް (ޖީ.އައި.އެސް) އާ ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ޕެންޝަން އޮފީހުން ޖީ.އައި.އެސްގެ ވަރކް އެކްސްޕީރިއަންސް ޕްރޮގްރާމުގެ ތެރެއިން، އެސްކޫލުގެ ދަރިވަރުންނަށް ޕެންޝަން އޮފީހުގައި މަސައްކަތްކޮށް، މަސައްކަތުގެ މާޙައުލުގެ ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމް.އޯ.ޔޫ ގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ މަރިޔަމް ޝިއުނާއެވެ.