ޕެންޝަން އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ "ކެރިއަރ ކޮމްޕަސް" ޕްރޮގްރާމުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ސެޝަން ބާއްވައިފިއެވެ.
ޒުވާނުންނަށް ޚާއްސަކޮށްގެން އެޕްރީލް 22 ވަނަ ދުވަހު ކުރިއަށް ގެންދެވުނު މި ސެޝަންގައި ބައިވެރިންނަށް ކެރިއަރ ގައިޑަންސް ފޯރުކޮށްދިނުމާއި، ވަނަވަރު ތައްޔާރުކުރުމާއި، މާލީ ހޭލުންތެރިކަމާއި، އަދި ޕެންޝަނާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދެވުނެވެ. މިކަންކަން ކުރިއަށް ގެންދެވުނީ އެކި ބާވަތުގެ މަޝްވަރާތަކާއި ޢަމަލީ ހަރަކާތްތަކުގެ ތެރެއިންނެވެ.
"ކެރިއަރ ކޮމްޕަސް" އަކީ ޕެންޝަން އޮފީހުން ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ޒުވާނުންނަށް މާލީ ހޭލުންތެރިކަމާއި، ޕެންޝަނާއި، އަދި ޕްރޮފެޝަނަލް ޑިވަލޮޕްމަންޓާއި ބެހޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދެއެވެ.
