ޕެންޝަން އޮފީހުން ކެޕިޓަލް މާކެޓް އެންޑް ޕެންޝަން އެވެއަރނަސް ޕްރޮގްރާމުގައި ބައިވެރިވެ ޕެންޝަނާ ބެހޭ މައުލޫމާތު ސެޝަނެއް ބާއްވައިފިއެވެ.
އޮގަސްޓް 5 ވަނަ ދުވަހު ބޭއްވުނު މި ސެޝަން އަމާޒުކޮށްފައިވަނީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި ޕެންޝަން އޮފީހުގެ އިންވެސްޓްމަންޓް ހަރަކާތްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށެވެ. މި ސެޝަންގައި ބޭންކް އޮފް މޯލްޑިވްސްގެ އެކި ކޯޓުތަކަށް ނިސްބަތްވާ ގާޒީން އަދި ފަނޑިޔާރުންވަނީ ބައިވެރިވެފައެވެ.
މި ސެޝަނަކީ ޕެންޝަނާއި ބެހޭ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ޕެންޝަން އޮފީހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވުނު ސެޝަނެކެވެ.
