އިޖުތިމާއީ މަޝްރޫއުތަކާއި ހަރަކާތްތަކަށް ހާއްސަ ސީއެސްއާރު ގްރާންޓް ޕްރޮގްރާމެއް ޕެންޝަން އޮފީހުން ތައާރަފުކޮށްފިއެވެ.
މިޕްރޮގްރާމަކީ ވިލުންވެރި އަދި އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާ ތަފާތު ދާއިރާތަކުން އިޖުތިމާއީ ފެންވަރުގައި ހިންގާ ހަރަކާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަދަ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހިތްވަރުދިނުމުގެ މަގުސަދުގައި ތައާރަފުކޮށްފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ އަމިއްލަ ޖަމުއިއްޔާ ޖަމާއަތްތަކާއި، ތައުލީމާއި ތަމްރީންދޭ ފަރާތްތަކުން އިޖުތިމާއި ދުޅަހެޔޮކަމާއި ވިލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކާއި، ފައިނޭންޝަލް ލިޓްރަސީ ނުވަތަ މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކަށެވެ.
އަހަރަކު އެއްފަހަރު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމުގެ ދަށުން މިއަހަރު އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. މި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 މޭ 2025 ގެ 16:00 އެވެ. މި ޕްރޮގްރާމުގެ ދަށުން ހަރަކާތްތަކަށް 200،000 ރ. އާ ހަަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު https://bit.ly/pensionoffice-csr-grant އިން ލިބިވަޑައިގަންވާނެއެވެ.