އުމުރުން ދުވަސްވީ ފަރާތްތަކުގެ މެދުގައި ޑިޖިޓަލް އަދި މާލީ ހުނަރުވެރިކަން އިތުރުކުރުމުގެ މަޤުސަދުގައި ޕެންޝަން އޮފީހުގެ ފަރާތުން ކުރިއަށްގެންދާ "ޑިޖިޓަލް މަންސައިގައި ހޭލުންތެރި އިސްރަށްވެހިން" ޕްރޮގްރާމުގެ ދެވަނަ ސެޝަން ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
10 ފެބުރުވަރީ 2025 ގައި ކުރިއަށް ގެންދެވުނު މި ސެޝަން ހާއްސަވެފައިވަނީ ބަޖެޓުކުރުން އަދި ފައިސާ މެނޭޖުކުރުމާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން، އާންމު ދިރިއުޅުމުގައި ބޭނުންކުރެވޭ އަސާސީ ޑިޖިޓަލް ހުނަރުތަކަށްވެސް ވަނީ އަލިއަޅުވައިލާފައެވެ. މި ސެޝަންގެ ބައިވެރިންނަށް މި މައުޟޫއުތަކާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީފައިވަނީ ތަފާތު އަމަލީ ހަރަކާތްތަކާއި މަޝްވަރާގެ ތެރެއިންނެވެ.
މި ޕްރޮގްރާމް ހިމެނެނީ އުމުރުން ދުވަސްވީ ފަރާތްތަކުގެ ޑިޖިޓަލް އަދި މާލީ ހުނަރުވެރިކަން އިތުރުކޮށް، އެ ފަރާތްތައް ބާރުވެރިކުރުވުމަށް ޕެންޝަން އޮފީހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ.