އުމުރުން ދުވަސްވީ ފަރާތްތަކުގެ މެދުގައި ޑިޖިޓަލް އަދި މާލީ ހުނަރުވެރިކަން އިތުރުކުރުމުގެ މަޤުސަދުގައި ޕެންޝަން އޮފީހުގެ ފަރާތުން ކުރިއަށްގެންދާ "ޑިޖިޓަލް މަންސައިގައި ހޭލުންތެރި އިސްރަށްވެހިން" ޕްރޮގްރާމުގެ ތިންވަނަ ސެޝަން ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
22 އެޕްރީލް 2025 ގައި ކުރިއަށް ގެންދެވުނު މި ސެޝަން ހާއްސަވެފައިވަނީ މޮބައިލް ޓެކްނޮލޮޖީއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށެވެ. އެގޮތުން، އަމަލީ ހަރަކާތްތަކާއި މަޝްވަރާގެ ތެރެއިން ޓެކްނޮލޮޖީއަށް އަންނަމުންދާ ބަދަލުތަކާއި، މޮބައިލް ފޯނު މެދުވެރިކޮށް މުވާސަލާތުކުރުމަށް ބޭނުންވާ އަސާސީ ހުނަރުތަކަށް މި ސެޝަނުގައި އަލިއަޅުވާލައިފައެވެ.
މި ޕްރޮގްރާމް ހިމެނެނީ އުމުރުން ދުވަސްވީ ފަރާތްތަކުގެ ޑިޖިޓަލް އަދި މާލީ ހުނަރުވެރިކަން އިތުރުކޮށް، އެ ފަރާތްތައް ބާރުވެރިކުރުވުމަށް ޕެންޝަން އޮފީހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ.