Media cover image

29-12-2025

ޕެންޝަން އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމް "ޑޯނަޓްސް އެންޑް ފައިނޭންސް" ގެ 2025 ވަނަ އަހަރުގެ ހަތަރުވަނަ ސެޝަން ބާއްވައިފިއެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން ޑިސެންބަރު 29 ވަނަ ދުވަހު ބޭއްވި މި އިވެންޓުގައި ތަފާތު ހަރަކާތްތަކާއި، ކުޅިވަރާއި، މަޝްވަރާގެ ތެރެއިން ސެޝަންގެ ބައިވެރިންނަށް ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ. އެގޮތުން މާލީ މިނިވަންކަމާއި، މާލީ ލަނޑުދަނޑިތައް ކަނޑައެޅުމާއި، އިންވެސްޓްކުރުން ފަދަ މުހިންމު މައުޟޫއުތަކަށް އަލި އަޅުވާލާފައިވެއެވެ.

މި ޕްރޮގްރާމަކީ މާލީ ކަންކަމުގައި ރަނގަޅު ނިންމުންތައް ނިންމުމަށް ބޭނުންވާ މައުލޫމާތު ޒުވާނުންނަށް ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ.