Media cover image

11-04-2026

ޕެންޝަން އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމް "ޑޯނަޓްސް އެންޑް ފައިނޭންސް" ގެ 2026 ވަނަ އަހަރުގެ ފުރަތަމަ ސެޝަން ބާއްވައިފިއެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން އެޕްރީލް 11 ވަނަ ދުވަހު ބޭއްވި މި އިވެންޓުގައި ތަފާތު ހަރަކާތްތަކާއި، ކުޅިވަރާއި، މަޝްވަރާގެ ތެރެއިން ސެޝަންގެ ބައިވެރިންނަށް ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ. އެގޮތުން މާލީ މިނިވަންކަމާއި، މާލީ ލަނޑުދަނޑިތައް ކަނޑައެޅުމާއި، އިންވެސްޓްކުރުން ފަދަ މުހިންމު މައުޟޫއުތަކަށް އަލި އަޅުވާލާފައިވެއެވެ.

މި ޕްރޮގްރާމަކީ މާލީ ކަންކަމުގައި ރަނގަޅު ނިންމުންތައް ނިންމުމަށް ބޭނުންވާ މައުލޫމާތު ޒުވާނުންނަށް ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ.