Media cover image

20-07-2025

ޕެންޝަން އޮފީހާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަދި ޔޫ.އެން.އެފް.ޕީ.އޭ ގުޅިގެން، ޒުވާނުންނަށް އަމާޒުކޮށްގެން ޚާއްސަ ސެޝަނެއް ބާއްވައިފިއެވެ. 20 ޖުލައި 2025 ވަނަ ދުވަހު މީރުމާގައި ކުރިއަށްގެންދިޔަ މި ސެޝަން ޚާއްސަކުރެވިފައިވަނީ އިޖްތިމާއީ އަދި އިގްތިސޯދީގޮތުން އަންނަމުންދާ ބަދަލުތަކާއި، އެ ބަދަލުތަކުގެ ސަބަބުން މުސްތަގްބަލުގައި ދިމާވެދާނެ ކަންތަކާއި، އެ ކަންތައްތަކަށް ތައްޔާރުވެ ތިބުމުގެ މައްޗަށެވެ.

25 އަށް ވުރެ ގިނަ ބައިވެރިންނާއެކު ބޭއްވި މި ސެޝަންގައި މަޝްވަރާ އަދި ތަފާތު ހަރަކާތްތަކުގެ ތެރެއިން އަލި އަޅުވާލެވުނު މައުޟޫއުތަކުގެ ތެރޭގައި ބައިވެރިންގެ އުންމީދުތަކާއި، އާއިލާތަކާއި މުޖުތަމައަށް އަންނާނެ ބަދަލުތަކާއި، ބަދަލުވަމުންދާ ވަޒީފާގެ މާހައުލުގައި ހުޅުވިފައިވާ ފުރުސަތުތަކާއި ދިމާވެދާނެ ގޮންޖެހުންތަކުގެ އިތުރުން، ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ އެހީ ހޯދައި ލިބިގަންނާނެ ގޮތްތައް ހިމެނެއެވެ. 

މި ޑިސްކަޝަން ސެޝަން ހިމެނެނީ ޒުވާނުންގެ މެދުގައި މަސައްކަތު މާހައުލަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަގަށް ދުރާލާ ތައްޔާރުވުމަށް ބޭނުންވާ މައުލޫމާތާއި ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.