Media cover image

11-07-2026

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް، ޕެންޝަން ނިޒާމާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ޕެންޝަން އޮފީހުން ބާއްވައިފިއެވެ.

ޖުލައި 11 ވަނަ ދުވަހު ބޭއްވުނު މި ސެޝަން އަމާޒުކޮށްފައިވަނީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި ރާއްޖޭގެ ޕެންޝަން ނިޒާމާ ބެހޭ އަސާސީ މަޢުލޫމާތު ފޯރުކޮށްދިނުމަށެވެ. މި ސެޝަންގައި އެފް.ޕީ.އޭގެ އެކި ޑިޕަރޓްމަންޓްތަކަށް ނިސްބަތްވާ 25 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި ސެޝަން ހިމެނެނީ ޕެންޝަނާއި ބެހޭ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ޕެންޝަން އޮފީހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންނެވެ. މީގެ އިތުރުން، ކައުންސިލް މުވައްޒަފުން ޕެންޝަން ނިޒާމަށް އަހުލުވެރިކުރުވުމާއި، އާންމު ފަރުދުންނަށް މި މައުލޫމާތު ފޯރުކޮށްދިނުމުގެ ގާބިލުކަން އެ މުވައްޒަފުންގެ ކިބައިގައި އަށަގަންނުވުމަކީވެސް މި ސެޝަންގެ މުހިންމު މަޤުސަދެކެވެ.