ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) ގެ ފަރާތުން ކުރިއަށް ގެންދިޔަ ރިޓަޔަރމަންޓް ޕްލޭނިންގް ސެމިނަރގައި ޕެންޝަން އޮފީހުގެ ފަރާތުން ރިޓަޔަރމަންޓަށް ތައްޔާރުވުމާ ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމާއި ބެހޭ މައުލޫމާތު ދީފިއެވެ.
9 އެޕްރީލް 2026 ގައި ބޭއްވުނު މި ސެޝަން އަމާޒުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމާއި ރިޓަޔަރމަންޓަށް ތައްޔާރުވުމާއި ބެހޭ އަސާސީ މައުލޫމާތު ފޯރުކޮށްދިނުމަށެވެ. އެގޮތުން، ޕެންޝަނަށް ފައިސާ ރައްކާކުރުމާއި އިންވެސްޓްކުރުމާ ގުޅޭ މައުލޫމާތު، އަދި ރިޓަޔަރމަންޓަށް ތައްޔާރުވުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަން ކަމުގައިވާ، ރިޓަޔަރމަންޓަށް ފަހު ކުރާނެ ޚަރަދުތައް ރޭވުމާއި، ދުރާލާ ފައިސާ ރައްކާކުރުމާ ގުޅޭ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. މި ސެޝަންގައި ދައުލަތުގެ އެކި އިދާރާތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މި ސެޝަނަކީ ރާއްޖޭގެ ޕެންޝަން ނިޒާމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށާއި، ރިޓަޔަރމަންޓަށް ކުރިން ރޭވުންތައް ރޭވުމަށް ބާރުއެޅުމުގެ ގޮތުން ޕެންޝަން އޮފީހުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ބޭއްވުނު ސެޝަނެކެވެ.
