Media cover image

22-09-2025

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު (އެވްސެކޮމް) ގެ މުވައްޒަފުންނަށް، ޕެންޝަން ނިޒާމާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ޕެންޝަން އޮފީހުން ބާއްވައިފި އެވެ.

22 ސެޕްޓެންބަރު 2025 ވަނަ ދުވަހު ބޭއްވުނު މި ސެޝަން އަމާޒުކޮށްފައިވަނީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި ރާއްޖޭގެ ޕެންޝަން ނިޒާމާ ބެހޭ އަސާސީ މަޢުލޫމާތު ފޯރުކޮށްދިނުމަށެވެ. މި ސެޝަންގައި އެވްސެކޮމްގެ 13 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި ސެޝަނަކީ ޕެންޝަނާއި ބެހޭ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ޕެންޝަން އޮފީހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވުނު ސެޝަނެކެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންތަކުގައި ބައިވެރިވާން އެދޭ ވަޒީފާދޭ ފަރާތްތަކަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅޭނެއެވެ.

https://bit.ly/mrps-infosessions .