Media cover image

14-05-2025

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގްގެ އިސް މުވައްޒަފުންނަށް، ޕެންޝަން ނިޒާމާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ޕެންޝަން އޮފީހުން ބާއްވައިފި އެވެ.

މޭ 14 ވަނަ ދުވަހު ބޭއްވުނު މި ސެޝަން އަމާޒުކޮށްފައިވަނީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި ރާއްޖޭގެ ޕެންޝަން ނިޒާމާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށެވެ.

މި ސެޝަނަކީ ޕެންޝަނާއި ބެހޭ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ޕެންޝަން އޮފީހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވުނު ސެޝަނެކެވެ.