މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަރިވަރުންނަށް ޕެންޝަން ނިޒާމާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ޕެންޝަން އޮފީހުން ބާއްވައިފި އެވެ.
މޭ 28 ވަނަ ދުވަހު ބޭއްވުނު މި ސެޝަން އަމާޒުކޮށްފައިވަނީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި ރާއްޖޭގެ ޕެންޝަން ނިޒާމާ ބެހޭ އަސާސީ މަޢުލޫމާތު ފޯރުކޮށްދިނުމަށެވެ. މި ސެޝަންގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ 40 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައިވެއެވެ.
މި ސެޝަނަކީ ޕެންޝަނާއި ބެހޭ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ޕެންޝަން އޮފީހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވުނު ސެޝަނެކެވެ.