Media cover image

03-10-2025

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) އަށް އިންޓަރނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން (އިސާ) ގެ ރެކޮގްނިޝަން ޕްރޮގްރާމްގެ ދަށުން ގުޑް ގަވަރނަންސް ގެ ދާއިރާއިން އަދި ސަރވިސް ކޮލިޓީގެ ދާއިރާއިން ރެކޮގްނިޝަން ލިބިއްޖެއެވެ.

އިސާ އަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުއައްސަސާތަކާއި އޭޖެންސީތަކަށް ޚާއްޞަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެވެ.

މި ޕްރޮގްރާމުގެ ސެޓްފިކެޓް ހަވާލުކުރެވިފައިވަނީ މެލޭޝިއާގެ ކުއަލަ ލަމްޕޫރުގައި ކުރިޔަށްދާ ވަރލްޑް ސޯޝަލް ސެކިއުރިޓީ ފޯރަމްގެ ތެރެއިން މިއަދު، 3 އޮކްޓޫބަރ 2025 ގައި ބޭއްވުނު ސެޝަނުގައެވެ.