ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ކުރިޔަށް ގެންދާ "މޯލްޑިވްސް ފައިނޭންސް ފޯރަމް" ގެ 12 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ބާއްވައިފިއެވެ. މި ފޯރަމަކީ ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމުު ހަރުދަނާކޮށް ކުރިއެރުވުމަށް ޕެންޝަން އޮފީހުން ކުރަމުުންދާ މަސައްކަތުގެ ތެރެއިން މާލީ ދާއިރާގެ އިސް ފަރާތްތަކާ، އެހެނިހެން ސްޓޭކްހޯލްޑަރުން ބައްދަލުވެ، ޚިޔާލު ބަދަލުކޮށް، މަޝްވަރާ ކުރެވޭނެ ފުރުސަތު ފަހިކުރުމަށްޓަކައި 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފޯރަމެކެވެ.
ކޮންމެ އަހަރަކުވެސް ޚާއްސަ ތީމެއްގެ ދަށުން މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރެވޭގޮތަށް އިންތިޒާމްކުރެވިގެން ކުރިއަށް ގެންދާ ފައިނޭންސް ފޯރަމްގެ މި އަހަރުގެ އެޑިޝަން ޚާއްސަކޮށްފައިވަނީ "ބިލްޑިންގް އަ ރެސިލިއެންޓް އެންޑް އިންކްލޫސިވް ކެޕިޓަލް މަރކެޓް"، މި މައުޟޫއަށެވެ. އެގޮތުން، މިއަހަރުގެ ފޯރަމްގައި ވަނީ ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓުގައި ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށާއި އާންމު ފަރުދުންނަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާއި ބެހޭގޮތުން ހިޔާލުބަދަލުކޮށް، މަޝްވަރާކުރުރެވިފައެވެ. މީގެ އިތުރުން، ފޯރަމްގެ ތީމާ ގުޅޭ އެކި މައުޟޫއުތަކަށް ޕްރެސެންޓޭޝަންތަކާއި، ކީނޯޓް ސްޕީޗްތައް އަދި ޕެނަލް ޑިސްކަޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ފޯރަމްގައި ދިވެހިރާއްޖޭގެ މާލީ ދާއިރާގެ އިސްވެރިންނާއި ބޭރުގެ ތަޖުރިބާކާރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އިތުރު މަޢުލޫމާތު: www.financeforum.mv