ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފަރާތުން އިންތިޒާމްކުރި "އެމް.އެން.ޔޫ. ފަހި ފުރުސަތު" ގައި ޕެންޝަން އޮފީހުން ބައިވެރިވެއްޖެއެވެ.
އެމް.އެން.ޔޫ އިދާރީ މަރުކަޒުގައި މޭ 22-23 އަށް ކުރިއަށް ދިޔަ މި ފެއަރގައި ހުރި ޕެންޝަން އޮފީހުގެ ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތަކާއި، މުވައްޒަފުންނަށް ދެވޭ ތަފާތު އިނާޔަތްތަކާއި، ޕެންޝަން އޮފީހުގެ މަސައްކަތު މާހައުލާއި ބެހޭ މުހިންމު މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން ދިވެހި ރާއްޖޭގެ ޕެންޝަން ނިޒާމައި، ޕެންޝަން އޮފީހުގެ ހިދުމަތްތަކާއި ބެހޭ މައުލުމާތުވެސް ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކަށް ވަނީ ފޯރުކޮށްދީފައެވެ.
މި ފެއަރގައި ބައިވެރިވުމުގެ އަމާޒަކީ ޕެންޝަން އޮފީހުގައި ހުރި ވަޒީފާގެ ފުރުސަތު ތަކާއި، ވަޒީފާދޭ ފަރާތެއްގެ ގޮތުގައި ޕެންޝަން އޮފީހާއި ބެހޭ މައުލޫމާތު ވަޒީފާ ހޯދާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ.