ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ދަރިވަރުނަށް، ޕެންޝަން ނިޒާމާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ޕެންޝަން އޮފީހުން ބާއްވައިފިއެވެ.
އެޕްރީލް 18 ވަނަ ދުވަހު ބޭއްވުނު މި ސެޝަން އަމާޒުކޮށްފައިވަނީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި ރާއްޖޭގެ ޕެންޝަން ނިޒާމާ ބެހޭ އަސާސީ މަޢުލޫމާތު ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން، ޕެންޝަން އޮފީހުގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތުވެސް މި ސެޝަންގެ ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.
މި ސެޝަނަކީ ޒުވާނުންގެ މެދުގައި ޕެންޝަނާއި ބެހޭ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ޕެންޝަން އޮފީހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވުނު ސެޝަނެކެވެ.