Media cover image

05-03-2025

މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމް.އާރު.ސީ) ގެ ފަރާތުން ކުރިއަށް ގެންދާ "ސްޓްރެންތެނިން ޕޭޝަންޓް ޓްރާންސްޕޯޓް ސަރވިސް އިން މާލެ ސިޓީ" މަޝްރޫއު ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޖަމިއްޔާއާއެކު ވެފައިވާ އެއްބަސްވުން ޕެންޝަން އޮފީހުން އާކޮށްފިއެވެ.

މި އެއްބަސްވުމާއެކު އެމް.އާރު.ސީން މާލެ ސިޓީގައި ދެމުންދާ ޕޭޝަންޓް ޓްރާންސްޕޯޓްގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ޕެންޝަން އޮފީހުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި ޕާޓްނަޝިޕް ގާއިމްކޮށްފައިވަނީ ޕެންޝަން އޮފީހުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން، މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމާއި، އިޖުތިމާއީ ރައްކާތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުންދިނުމުގެ ގޮތުންނެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ ހަލީމާއި، މޯލްޑިވިއަން ރެޑް ކްރެސެންޓުގެ ސެކެޓްރީ ޖެނެރަލް ފާތިމަތު ހިމްޔާއެވެ.