މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އިންތިޒާމުކޮށްގެން ބޭއްވި "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ" ގައި ޕެންޝަން އޮފީހުން ބައިވެރިވެއްޖެއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދިޔަ މި އެކްސްޕޯގައި ހުރި ޕެންޝަން އޮފީހުގެ ސްޓޯލުގައި ޕެންޝަން ނިޒާމާއި، ޕެންޝަން އޮފީހުން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތަކާ ގުޅޭ މައުލޫމާތު އާންމުންނަށް ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން، ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ޕެންޝަނާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ޚާއްސަ އިނާމްތަކަކާއެކު ކުއިޒެއް ބާއްވައިފައިވެއެވެ.
މި ހަރަކާތަކީ ޕެންޝަން ނިޒާމަށް އާންމުން އަހުލުވެރިކުރުވުމަށާއި، ޕެންޝަން އޮފީހުގެ ޚިދުމަތްތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ސިލްސިލާކޮށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.
