އިސްރަށްވެހިންގެ ނާދީގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމަށް ޙާއްސަ ހަފްލާއެއް މިއަދު ބާއްވައިފިއެވެ. އިސްރަށްވެހިންގެ ނާދީގައި ބޭއްވި މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
މިހަފްލާގައި ވަނީ އިސްރަށްވެހިންގެ ނާދީގެ ލޯގޯ އަދި މެންބަރޝިޕް ކާރޑުވެސް ތައާރަފުކޮށްފައެވެ. ޕެންޝަން އޮފީހުގެ ބައިވެރިވުމާއެކު ފަރުމާކޮށް ތައްޔާރުކޮށްފައިވާ މި ލޯގޯއާއި ކާޑު އިފްތިތާހު ކޮށްދެއްވީ ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމެވެ.