ނޭޝަނަލް ސެންޓަރ ފޮރ ދަ އާރޓްސްގެ މުވައްޒަފުންނަށް، ޕެންޝަން ނިޒާމާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ޕެންޝަން އޮފީހުން ބާއްވައިފި އެވެ.
ޖަނަވަރީ 27 އަދި 29 ވަނަ ދުވަހު ބޭއްވުނު މި ސެޝަންތައް އަމާޒުކޮށްފައިވަނީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި ރާއްޖޭގެ ޕެންޝަން ނިޒާމާ ބެހޭ އަސާސީ މަޢުލޫމާތު ފޯރުކޮށްދިނުމަށެވެ. މި ސެޝަން ތަކުގައި ނޭޝަނަލް ސެންޓަރ ފޮރ ދަ އާރޓްސްގެ އެކި ޑިޕަރޓްމަންޓްތަކުގެ 20 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މި ސެޝަން ތަކަކީ ޕެންޝަނާއި ބެހޭ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ޕެންޝަން އޮފީހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވުނު ސެޝަންތަކެކެވެ.
މަޢުލޫމާތު ދިނުމުގެ ސެޝަންތަކުގައި ބައިވެރިވާން އެދޭ ވަޒީފާދޭ ފަރާތްތަކަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅޭނެއެވެ.