މާލީ ދާއިރާއިން ފަންނީ މީހުން ބިނާކުރުމަށް ޕެންޝަން އޮފީހުން ސްކޮލަރޝިޕް ޕްރޮގްރާމެއް ތަޢާރަފުކޮށްފިއެވެ.
މި ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ތަފާތު ރޮނގުތަކުން މަތީ ތަޢުލީމު ޙާޞިލުކޮށް ކުރިއަށް ދިއުމަށް އެދޭ ހުނަރުވެރި ދިވެހިންނަށް އެ ފުރުޞަތު ހޯދައިދީ، މާލީ ދާއިރާގައި މަސައްކަތްކުރާނެ ޤާބިލު މީހުން ބިނާކުރުމެވެ.
މެރިޓް ބޭސްޑް ޕްރޮގްރާމެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ، ދުނިޔޭގެ ޔުނިވަރސިޓީ ރޭންކިންގއަށް ބަލައި ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން އަންޑަރގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމުތަކުގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެ ފުލީ ފަންޑެޑް ސްކޮލަރޝިޕް ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން ކިޔެވުމަށް ކަނޑައަޅާ ދާއިރާތަކާއި ސްކޮލަަޝިޕްގެ އަދަދު ޕެންޝަން އޮފީހުން އަހަރަކު އެއްފަހަރު އިޢުލާންކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން 2025 ވަނަ އަހަރަށް ވަނީ 1 (އެކެއް) އަންޑަގްރެޖުއޭޓް ސްކޮލަރޝިޕް އިއުލާން ކޮށްފައެވެ.
މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު https://bit.ly/pensionoffice-scholarship އިން ލިބިވަޑައިގަންނަވާނެއެވެ.