1446 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު ޚިދުމަތްދޭ ގަޑިތައް ޕެންޝަން އޮފީހުން އިއުލާނުކޮށްފިއެވެ.
ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ޕެންޝަން އޮފީހުގެ ރިސެޕްޝަން ބަންދުވާނެއެވެ. މި މުއްދަތުގެ ތެރޭގައި ރިސެޕްޝަންގެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން އަޅުގަނޑުމެންގެ އީމެއިލް [email protected] ނުވަތަ އަޅުގަނޑުމެންގެ ވެބްސައިޓް www.pension.gov.mv ގެ އޮންލައިން ޗެޓް މެދުވެރިކޮށް އެކަމަށް އެދިލެއްވުމުން ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.