Media cover image

03-08-2025

ޕެންޝަން އޮފީހުގެ ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން ފުރަަތަމަ ސްކޮލަރޝިޕް ލިބުނު ފަރާތް މިއަދު އިއުލާނުކޮށްފިއެވެ.

މި ސްކޮލަރޝިޕް ލިބިފައިވަނީ ފައިނޭންޝަލް ރިޕޯޓިންގ އެންޑް އެނަލިޓިކްސް ގެ ދާއިރާއިން ކިޔެވުމަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ޢާއިޝަތު ޒާރާ އަހުމަދަށެވެ.

ޕެންޝަން އޮފީހުގެ ސްކޮލަރޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ތަފާތު ރޮނގުތަކުން މަތީ ތަޢުލީމު ޙާޞިލުކޮށް ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން އަންޑަރގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމުތަކުގައި ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމަށް ހިންގޭ ފުލީ ފަންޑެޑް ސްކޮލަރޝިޕް ޕްރޮގްރާމެކެވެ.

ސްކޮލަރޝިޕް ޕްރޮގްރާމާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: https://pension.gov.mv/en/scholarshipprogram