ޕެންޝަން އޮފީހުން އަމިއްލަ ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ސިލްސިލާ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ފަށައިފިއެވެ.
16 އޭޕްރިލް 2025 ވަނަ ދުވަހު ޕެންޝަން އޮފީހުގައި ކުރިއަށް ދިޔަ މި ސިލްސިލާގެ ފުރަތަމަ ސެޝަނުގައި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި މާލީ ކަންކަން މެނޭޖުކުރުމާބެހޭ މުހިންމު މައުލޫމާތު ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.
މި ޕްރޮގްރާމް ހިމެނެނީ ޕެންޝަނާއި ބެހޭ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު ފެތުރުމަށާއި ވިޔަފާރިވެރިންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިންނެވެ.