ޕެންޝަން އޮފީހުން ފުވައްމުލަކު ސިޓީގައި އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
16 ސެޕްޓެންބަރު 2025 ވަނަ ދުވަހު ބޭއްވި މި ސެޝަނުގައި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި ބެހޭ މުހިންމު މައުލޫމާތު އަދި މާލީ ކަންކަން މެނޭޖުކުރުމާބެހޭ މައުލޫމާތު ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.
މި ސެޝަން ހިމެނެނީ ޕެންޝަނާއި ބެހޭ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު ފެތުރުމަށާއި ވިޔަފާރިވެރިންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިންނެވެ.