ސުމޭކު ވަސީލަތްތަކަށް އިސްރަށްވެހިން އަހަލުވެރިކުރުމަށް ޕެންޝަން އޮފީހުން ތައްޔާރުކޮށްފައިވާ ޑިޖިޓަލް ލިޓްޓަސީ ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތައް ތަމްރީނުކުރުމަށް ހާއްސަ ސެޝަނެއް ބާއްވައިފިއެވެ.
މި ސެޝަންގައި ޒަމާނީ މުވާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ އަސާސީ މަޢުލޫމާތާއި، ޑިޖިޓަލް ޕްލެޓްފޯމްތަކާއި ވަސީލަތްތައް ރައްކާތެރިކަމާއެކު ބޭނުންކުރާނެ ގޮތްތަކާއި، މުހިންމު ބޭނުންތައް ފުއްދުމަށް ޓެކްނޮލޮޖީ ބޭނުންކުރާނެ ގޮތްތައް އިސްރައްވެހިންނަށް ދަސްކޮށްދިނުމުގައި ބޭނުންކުރެވޭނެ މަޢުލޫމާތާއި ހުނަރުތައް ކިޔައިދެވުނެވެ.
އިސްރަށްވެހިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމަކީ އިސްރަށްވެހިންނަށް ބޭުނުންވާ އެކި ޚިދުމަތްތާއި މައުލޫމަާތު ހޯދުމުގައި ލުއިފަސޭހަގޮތްތައް ހަމަޖައްސައި ދިނުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.