Media cover image

30-04-2026

ޕެންޝަން އޮފީހުން އިސްނަގައިގެން ކުރިއަށްގެންދާ "ވިމެންސް ފައިނޭންޝަލް އެމްޕަވަރމަންޓް އެންޑް ޕެންޝަން ރެޑިނަސް ޕްރޮގްރާމް" ގެ ފުރަތަމަ ސެޝަން ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

އަންހެން ވިޔަފާރިވެރިންނަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ބޭއްވި މި ސެޝަންގައި، މާލީ ހޭލުންތެރިކަން އިތުރުކުރުމާއި ރިޓަޔަރމަންޓަށް ތައްޔާރުވުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. މިގޮތުން، ފަހަށް ފައިސާ ރައްކާކުރުމުގެ އާދަ އަށަގަންނުވުމާއި، ރިޓަޔަރމަންޓަށް ދުރާލައި ތައްޔާރުވުމުގެ އިތުރުން، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް އާ ގުޅޭ މަޢުލޫމާތުތައް ބައިވެރިންނާ ހިއްސާކުރެވުނެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގައި މާލީ ހޭލުންތެރިކަމާއި، ޕެންޝަން ނިޒާމުގެ ތެރޭގައި މަސައްކަތްތެރިން ބައިވެރިވާ މިންވަރު އިތުރުކުރުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.