މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމު (އެމް.އާރު.ޕީ.އެސް) ހިންގުމުގެ އެންމެހާ ޒިންމާތަށް އަދާކުރާ ފަރާތަކީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހެވެ. އެމް.އާރު.ޕީ.އެސްއާ ގުޅޭ އެންމެ ޒިންމާ ބޮޑު އެއް މަސައްކަތަކީ ސްކީމުގެ މެންބަރުން ޕެންޝަނަށް ޖަމާކުރާ ފައިސާ އިންވެސްޓްކޮށް އެކަށީގެންވާ ރިޓަރންއެއް ހޯދައި ދިނުމެވެ. މިއީ ޒިންމާ ބޮޑު މަސައްކަތެއްގެ އިތުރުން، ފަންނީ ޤާބިލުކަމާއި ، ހަރުދަނާ އުސޫލުތަކަށް ބަރޯސަވެ ކުރެވޭ މަސައްކަތެކެވެ.

ޕެންޝަން ފައިސާ އިންވެސްޓް ކުރުމުގައި އަމަލްކުރާ އެންމެހާ ގަވާއިދުތަކާއި އުސޫލުތައް ކަނޑައަޅާ ފަރާތަކީ ޕެންޝަން އޮފީހުގެ ބޯޑެވެ. މިކަމަށްޓަކައި، ފާސްކުރާ ސްޓޭޓްމަންޓް އޮފް އިންވެސްޓް ޕްރިންސިޕްލްސް(އެސް.އޯ.އައި.ޕީ)ގައި ޕެންޝަން ފައިސާ އިންވެސްޓް ކުރުމުގެ މަގުސަދުތަކާއި، ހާސިލް ކުރަންބޭނުންވާ ލަނޑުދަނޑިތަކާއި، ރިސްކު މެނެޖްމަންޓާއި އަދި ހިންގުމާއި ރިޕޯޓް ކުރުމުގެ އެންމެހައި ކަންތައްތައް ބަޔާން ކޮށް އިންވެސްޓް ކުރުމުގެ އެންމެހާ މަސައްކަތްތަކަށް މަގުދައްކައިދެއެވެ.

އިންވެސްޓްކުރުމުގެ މަގުސަދު

އިންވެސްޓް ކުރުމުގެ ހަމަތައް

އޮފީހުގެ އެޑްރެސް

އެލައިޑް ބިލްޑިންގ (8ވަނަ ފަންގިފިލާ), ޗާނދަނީ މަގު, މާލެ, 20156, ދިވެހިރާއްޖެ

ގުޅުއްވާ

ގުޅުއްވުމަށް1441އީމެއިލް[email protected]ރިސެޕްޝަން ޚިދުމަތްތައް : 08:00 - 14:00
އެހެނިހެން ޚިދުމަތްތައް: 08:00 - 16:00

ޕެންޝަން މޯބައިލް އެޕް

Download on App StoreGet it on Play Store