މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) ވުޖޫދަށް އައިސްފައިވަނީ 13 މެއި 2009 ގައި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު ތަޞްދީޤު ކުރެވުމާ ގުޅިގެން އުފެދުނު މިނިވަން މުއައްސަސާއެއްގެ ގޮތުގައެވެ.

ޕެންޝަން އޮފީހުގެ މަސްއޫލިއްޔަތުތައް:

  • ޕެންޝަނާބެހޭ ގާނޫނުގެ ދަށުން އެކުލަވާލެވޭ ޕެންޝަން ސްކީމްތައް ހިންގާ ބެލެހެއްޓުން

  • ރިޓަޔަރމަންޓް ޕެންޝަން ފޯރުކޮށްދިނުން

  • އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ފޯރުކޮށްދިނުން

  • ޕެންޝަނާބެހޭ ގާނޫނުގެ ދަށުން އެކުލަވާލެވޭ ސްކީމްތައް ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި، އުސޫލުތަކާއި، އެކަށައަޅަންޖެހޭ މިންގަޑުތަކާއި ގައިޑްލައިންތައް ހެދުން

  • ޕެންޝަނާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުން

Icon: ތަސައްވުރު
ތަސައްވުރު

ޤަދަރުވެރިކަމާއެކު ރިޓަޔަރވުމަށާއި ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ފަރުދުން ބާރުވެރިކޮށްދިނުން.

Icon: އަމާޒު
އަމާޒު

ދެމެހެއްޓެނިވި އަދިޝާމިލު ޕެންޝަނުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، އިޖުތިމާޢީ ރައްކާތެރިކަމުގެ އީޖާދީ ޙައްލުތައް ޙާޞިލުކުރުމަށް ގުޅިގެން މަސައްކަތްކުރުން.

މައިގަނޑު އަސާސްތައް