ޕެންޝަން އޮފީސް ބޯޑުގެ ޗެއަރޕަރސަންގެ ހައިސިއްޔަތުން ޑޮކްޓަރ އަޙްމަދު ޢިނާޒް ޕެންޝަން އޮފީހުގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައްޔަނު ކުރެއްވީ ޖޫން 2022 ގައެވެ. ޢިނާޒް ވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ހައިސިއްޔަތުން 2011 ވަނަ އަހަރު ޤައުމަށް ޚިދުމަތްކޮށްދެއްވާފައެވެ.
މަސައްކަތުގެ ދާއިރާއިން އެންމެ ފުރަތަމަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ގުޅިވަޑައިގަތުމަށްފަހު ޢިނާޒް ގިނަ ތަޖުރިބާތަކެއް ހޯއްދެވިއެވެ. މިގޮތުން، ޢިނާޒް ފުރުއްވާފައިވާ މުހިންމު މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ނެޝަނަލް ޓްރޭޑް ޕޮލިސީ ކޯޑިނޭޓަރުގެ މަޤާމާއި ސްޓޭޓް މިނިސްޓަރުގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސީނިއަރ އެޑްވައިޒަރުގެ މަގާމުވެސް ޢިނާޒް ފުރުއްވާފައިވެއެވެ. އަދި މިވަގުތު އިނާޒް ގެންދަވަނީ އެސިސްޓަންޓް ޕްރޮފެސަރ އެއްގެގޮތުން މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލްގައި މަސައްކަތް ކުރައްވަމުންނެވެ.
2011 ވަނަ އަހަރު މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމުގައި ހުންނަވައިގެން މުހިންމު ގިނަ ކަންތައްތަކެއް އިނާޒްގެ ލީޑަރޝިޕްގެ ދަށުންވަނީ ފަށްޓަވައިދެއްވާފައެވެ. މިގޮތުން ފެއްޓެވި ކަންކަމުގެ ތެރޭގައި ދިވެހިރާއްޖެއަށް ޓެކްސް ތަޢާރަފްކުރުން ހިމެނެއެވެ. އަދި، 'ގުޑްސް އެންޑް ސަރވިސަސް ޓެކްސް' އާއި 'ބިޒްނަސް ޕްރޮފިޓް ޓެކްސް' ތަޢާރަފްކުރެވިގެންދިޔައެެވެ. މީގެ އިތުރުން، ސަރުކާރުގެ ރިޑަންޑަންސީ ޕްރޮގްރާމާއި ރާއްޖޭގެ ފުރަތަމަ ފިސްކަލް ރެސްޕޮންސިބިލިޓީ އެކްޓް ތަޢާރަފްކުރައްވައި ނޭޝަނަލް ހެލްތް އިންޝުއަރެންސް ސްކީމް 'އާސަންދަ' ޑިޒައިންކޮށް އިމްޕްލިމެންޓް ކުރުމަށް ކުރެވުނު މަސައްކަތުގައި ޓީމް ލީޑް ކުރެއްވިއެވެ. 2010 ވަނަ އަހަރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓް އެންޑް ޓްރޭޑްގައި ވަޒީފާއަދާ ކުރައްވަމުން ޢިނާޒް ވަނީ ޓީމް ލީޑަރެއްގެ ގޮތުގައި ހުންނަވައި ރާއްޖޭގެ ފުރަތަމަ އެސް.އެމް.އީ އެކްޓް ޕްރޮޕޯޒް ކުރައްވާފައެވެ. އެސް.އެމް.އީ އެކްޓް ގެ ސަބަބުން ގިނަ އެސް.އެމް.އީ ތަކަކަށް ކޮންސެޝަނަލް ފައިނޭންސް އަދި ޓާގެޓަޑް ސެކްޓަރ ތަކުން ޓެކްނިކަލް އެސިސްޓަންސް ހޯދުމަށް ދާއިމީ ހައްލެއް ލިބިގެން ދިޔައެވެ.
ސަރުކާރުގެ ޕްރައިވެޓައިޒޭޝަން ކޮމިޓީ އަދި ނޭޝަނަލް ޕްލޭނިންގް ކައުންސިލް ގެ މެމްބަރެއްގެ ގޮތުގައި ޢިނާޒް ވަނީ ހަރަކާތްތެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، ޢިނާޒް އަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެއް ފައުންޑިންގ މެމްބަރެވެ.
ޢިނާޒް ވަނީ ނިއުޒިލޭންޑްގެ ޔުނިވަރސިޓީ އޮފް އޯކްލޭންޑް އިން ޑޮކްޓޯރިއަލް ސްޓަޑީޒް ހައްދަވާފައެވެ. މީގެ އިތުރުން، ޔޫކޭގެ ޔުނިވަރސިޓީ އޮފް ވެސްޓްމިންސްޓަރ އިން އިންޓަރނޭޝަނަލް ބިޒްނަސް އިކޮނޮމިކްސްގެ ރޮނގުން އަދި ޔޫކޭގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރ އިން ޑިވެލޮޕްމަންޓް އިކޮނޮމިކްސް އެންޑް ޕޮލިސީ އިން ވަނީ މާސްޓަރސް ޑިގްރީ ހާސިލް ކުރައްވާފައެވެ. އަދި، ސިންގަޕޫރުގެ ނޭޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯރ އިން އިކޮނޮމިކްސްގެ ރޮނގުން ބެޗްލަރސް ޑިގްރީ ހާސިލްކުރައްވާފައިވެއެވެ.